ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ. މޫސުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދުރާއްޖޭގެ އަތޮޅުތަކަށެވެ.
މި ހާލަތުގައި ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް، މިއަދު ހެނދުނު 07:00 އިން 11:00 އާ ހަމައަށް މެޓުން ރީނދޫ ސަމާލު ނެރުނެވެ. އެ ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯވާރޭ ވެހުމުގެ ފުރުޞަތު ހުރިކަމަށް މެޓުން ބުނެއެވެ.
ވިލާގަނޑުތަކުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލާ ހަމައަށް އަރާނެ ކަމަށް ވެސް ލަފާކުރެއެވެ. ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ލުއިވާން ފަށާނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ފަހުން ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ