ފަނޑިޔާރު ރަޝީދުގެ ގޮނޑިއަށް ސަމީރާއި ރައޫފް ކުރިމަތިލައްވައިފި

ފަނޑިޔާރު ރަޝީދުގެ ގޮނޑިއަށް ސަމީރާއި ރައޫފް ކުރިމަތިލައްވައިފި

Author
އަހުމަދު
08 ނޮވެމްބަރ 2026 04:06
0

 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. އެއީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އެވެ.

ފަނޑިޔާރު ރަޝީދު އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ، އެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލީ މިދިޔަ ހަފުތާގަ އެވެ. ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ މި ދެ ބޭފުޅުން އެކަނި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އައްޔަން ކުރައްވަނީ، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަމެއް މަޖިލީހުން ފާސްކުރުމުންނެވެ.

ސަމީރު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އޭނާ ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް ކުރައްވާފަ އެވެ. ސަމީރު ވަނީ ހައި ކޯޓަށް ދިއުމުގެ ކުރިން ސިވިލް ކޯޓުގެ އިސްގާޒީކަން ވެސް ކުރައްވާފަ އެވެ.

ރައޫފް ވެސް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ މެއި މަހާ ހަމައަށެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އޭނާ އަލުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ މިއަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.