ޔޫރަޕްގެ ތަފާތު ރޫޓްތަކުން ދަތުރުކުރަމުން ދިޔަ ފްލައިޓުތަކަކަށް ބޮމުގެ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުތަކެއް ލިބުމުން، މިއަދު 10 ބޯޓެއްގެ ދަތުރަށް ބަދަލު ގެނެވިއްޖެ ކަމަށް ބީބީސީން ރިޕޯޓުކޮށްފިއެވެ.
ޗެކް ރިޕަބްލިކުގެ ވެރިން ބުނީ، އެ ގައުމާ ކައިރިން ދަތުރުކުރަމުން ދިޔަ ހަތަރު ބޯޓަކަށް އިންޒާރު ލިބުނު ކަމަށާއި، އެ ބޯޓުތައް އެ ގައުމަށް ޖައްސަން ތައްޔާރުވަމުންދާ ކަމަށެވެ. ބަލްގޭރިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، އެ ގައުމަށް ޖައްސަން އޮތް ތިން ބޯޓަކަށް ވެސް އިންޒާރު ލިބިފައިވެއެވެ.
ބަލްގޭރިއާގައި ޖެއްސި ދެ ބޯޓަކީ މެޑްރިޑާއި ކޯޕަންހޭގަނުން ފުރި ފްލައިޓުތަކެވެ. ބަލައިފާސްކުރުމުން، އެ ދެ ބޯޓުން ވެސް ގޮވާ އެއްޗެއް ނުފެންނަ ކަމަށް ބަލްގޭރިއާގެ އިދާރާތަކުން ބުންޏެވެ.
މިދިޔަ އަންގާރަ ދުވަހު ވެސް މިފަދަ އިންޒާރުތަކާ ގުޅިގެން ޔޫރަޕްގެ ހަތް ފްލައިޓެއްގެ ދަތުރަށް ބަދަލު ގެންނަން ޖެހުނެވެ. އެ ފަހަރު ވެސް އެއްވެސް ބޯޓަކުން ގޮވާ އެއްޗެއް ފެނިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ