2027 ގެ ބަޖެޓު ނޮވެމްބަރު 19 ގެ ކުރިން ދިރާސާކޮށް ނިންމަން ކޮމިޓީން ނިންމައިފި

2027 ގެ ބަޖެޓު ނޮވެމްބަރު 19 ގެ ކުރިން ދިރާސާކޮށް ނިންމަން ކޮމިޓީން ނިންމައިފި

Author
އަހުމަދު
05 ނޮވެމްބަރ 2026 04:38
0

 

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން، 2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ނޮވެމްބަރު 19 ގެ ނިޔަލަށް ނިންމަން ނިންމައިފިއެވެ.

މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ތާއީދު ކުރެއްވި ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން 2027 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް މަޖިލީހުން ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

މި ބަޖެޓުގައި ދައުލަތުގެ ޖުމްލަ ޚަރަދު 52.6 ބިލިއަން ރުފިޔާއަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ހިންގުމުގެ ޚަރަދެވެ. ކެޕިޓަލް ޚަރަދަށް 9.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޕީއެސްއައިޕީއަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.