ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވަނީ ނައިބު ރައީސް

ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވަނީ ނައިބު ރައީސް

Author
އަހުމަދު
04 ނޮވެމްބަރ 2026 09:30
0

އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު ބައިވެރިވެވަޑައިގެންފިއެވެ.

ކޮމަންވެލްތުގެ ވެރިޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް ތިންވަނަ ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ތަޤުރީރު ކުރެއްވިއެވެ. އަދި ސަޤާފީ ހުށަހެޅުމެއްވެސް ދައްކާލިއެވެ. ބައްދަލުވުމުގައި ބައިވެރިވި ވަފުދުތަކުގެ އިސްވެރިންގެ ރަސްމީ އާއިލީ ފޮޓޯގައި ނައިބު ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ އަހަރުން އެއްފަހަރު ބާއްވާ މި ބައްދަލުވުމަކީ ދުނިޔެ ކުރިމަތިލާފައިވާ މުހިންމު ގޮންޖެހުންތަކާ ބެހޭގޮތުން މެންބަރު ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް ގޮތް ނިންމާ މުހިންމު ފުރުޞަތެކެވެ. "އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިޢާރުގެ ދަށުން މިއަހަރުގެ ބައްދަލުވުން ބާއްވަނީ ނޮވެމްބަރު 1 އިން 4 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.