ޑޮލަރު ގަނެދޭނެ ކަމަށް ބުނެ އައިމޯ އެންޓަޕްރައިސަސްއިން ދިން 203,500 ރުފިޔާ ޓެކުމުގެ މައްސަލައިގައި، ސިޔާސީ އެކްޓިވިސްޓެއް ކަމަށްވާ ކ. މާލެ، މ. އައްސިދަ، މުޙައްމަދު ސަޢީދު (ބޮކި ސައީދު) އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
2025 ވަނަ އަހަރުގެ ސެޕްޓެންބަރުގައި ކުންފުނިން ސަޢީދުގެ ބީއެމްއެލް އެކައުންޓަށް ފައިސާ ފޮނުވިއެވެ. އެ ފައިސާއަށް ޑޮލަރު ގަތުމަށްފަހު ޑޮލަރު ކުންފުންޏާ ޙަވާލުނުކުރާ ކަމަށާއި، ފައިސާވެސް އަނބުރާ ނުދޭ ކަމަށް ސަޢީދު ޝަރީޢަތުގައި އެއްބަސްވިއެވެ. 26 އޮކްޓޫބަރުގައި ކުރި ޙުކުމުގައި ކޯޓުން އެ ފައިސާ 24 މަހުގެ ތެރޭގައި ކުންފުންޏަށް އަނބުރާ ދައްކަން ވެސް އަމުރުކޮށްފައިވެއެވެ.
ކުރިން ޖުމްހޫރީ ޕާޓީގައި އުޅެ މިހާރު އެމްޑީޕީގައި ހުރި ސަޢީދަކީ، ގިނަ ދުވަސްތަކެއް ވަންދެން ގާސިމް އިބްރާހިމްގެ ޖުމުހޫރީ ޕާޓީގެ ހަރަކާތްތަކުގައި އުޅުނު މީހެކެވެ. އެނާ އެހެން ބައެއް މީހުންނަށް ޑޮލަރު ގެނެދޭނެކަމަށް ބުނެ، ފައިސާގެ ބޮޑެތި އަދަދުތަކަށް ޚިޔާނާތްތެރި ވެފައިވާކަމުގެ މައްސަލަތައް ފެންމަތި ވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ