ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރިލުވާން ޝަރީފް މިއަދު އަވަހާރަވެއްޖެ އެވެ.
ރިލުވާން އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ފަރުވާ ހޯއްދެވީ ކޮން ކަމަކަށް ކަމާއި އަވަހާރަވި ސީދާ ސަބަބު އަދި ހާމައެއް ނުވެ އެވެ.
ރިލުވާން ވަނީ ދައުލަތުގެ ތަފާތު މަގާމުތަކުގައި ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށާއި ސްޓޭޓް މިނިސްޓަރަކަށް ވެސް އޭނާ ހިދުމަތް ކުރެއްވި އެވެ.
އޮސްޓްރޭލިއާއިން މަތީ ތައުލީމު ހާސިލު ކުރެއްވި ރިލުވާން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.
ކޮމެންޓު ފޮނުވާ