ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވި ވެލިދޫ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް، 10 ދުވަހަށް ބަންދު

ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވި ވެލިދޫ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް، 10 ދުވަހަށް ބަންދު

Author
އަހުމަދު
02 ނޮވެމްބަރ 2026 12:38
0

 

ފުލުހުން ހުއްޓުވަން މަސައްކަތްކުރި ނަމަވެސް މަޑުނުކޮށް ދުއްވާފައި ގޮސް ފުލުހުންގެ ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓުވި ސައިކަލެއްގެ ދުއްވުންތެރިޔާ، އޭނާގެ އަތުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރެވިފައިވަނީ ނ. ވެލިދޫގެ 30 އަހަރުގެ ފިރިހެނެކެވެ. ހަލިމަގުން ބާރު ސްޕީޑުގައި ނުރައްކާތެރި ގޮތެއްގައި ސައިކަލު ދުއްވަމުން އައުމުން ފުލުހުން އޭނާ ހުއްޓުވަން މަސައްކަތްކުރި ނަމަވެސް އޭނާ މަޑުނުކޮށް ދުއްވާފައި ދިޔައީއެވެ. ދެން ފުލުހުން ޖަހާފައި ހުރި ބެރިކޭޑުގައި ސައިކަލު ޖެހި އެކްސިޑެންޓުވިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު ރަބަރު ޕެކެޓެއް ފެނުނެވެ. އެ ޕެކެޓުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އަށް ރަބަރު ޕެކެޓް ހުރިއެވެ.

ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، އޭނާ ބުނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި ފެނުނީ އަމިއްލަ ބޭނުމަށް ގެންގުޅުނު އެއްޗެހި ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނީ ދެ ޕެކެޓް ކަމަށް ވެސް ބުންޏެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 10 ދުވަސް ދީފިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.