އީގަލްސް ހިލްސް މަޝްރޫއަށް ފެންނަ ނުފެންނަ ވޯޓަކަށް ނުދާނަމަ ސީދާ ހަރަކާތަށް ނުކުންނާނެ: އެމްޑީޕީ

އީގަލްސް ހިލްސް މަޝްރޫއަށް ފެންނަ ނުފެންނަ ވޯޓަކަށް ނުދާނަމަ ސީދާ ހަރަކާތަށް ނުކުންނާނެ: އެމްޑީޕީ

Author
އަހުމަދު
02 ނޮވެމްބަރ 2026 01:06
0

 

ޔޫއޭއީގެ އީގަލްސް ހިލްސް ކުންފުންޏާ ރަސްމާލެ ހަވާލުކޮށްގެން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއާ ބެހޭގޮތުން ގައުމީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލުމުގެ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

މި ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެމްބަރު މަހުފޫޒް ސައީދެވެ. ވޯޓުގައި ބައިވެރިވި 57 މެމްބަރުން ގަރާރަށް ތާއީދުކުރިއިރު ދެކޮޅަށް ވޯޓު ދެއްވީ ޕާޓީގެ ޗެއާޕަރސަން، ރައީސް މުހައްމަދު ނަޝީދު އެކަނިއެވެ.

ފާސްކުރި ގަރާރުގައި ވަނީ ސަރުކާރުން މި ގޮވާލުމަށް އިޖާބަ ނުދީފިނަމަ އެހެން ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް ނިންމާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މި މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި މަޝްރޫއާ ދެކޮޅުހައްދަވާ އެމްޑީޕީގެ މެމްބަރުންނަށް ރައީސް ފާޑުކިޔުއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.