ނޯވޯސިބިއެސްކްއިން ރާއްޖެއަށް ސީދާ ދަތުރުތައް އެސް-ސެވަނުން ފަށައިފި

ނޯވޯސިބިއެސްކްއިން ރާއްޖެއަށް ސީދާ ދަތުރުތައް އެސް-ސެވަނުން ފަށައިފި

Author
އަހުމަދު
01 ނޮވެމްބަރ 2026 12:46
0

 

ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން އެސް-ސެވަނުން ނޯވޯސިބިއެސްކްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ. މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ސީދާ ދަތުރުކުރާ ފުރަތަމަ ފަހަރަކީ މިއީއެވެ.

ފިނި މޫސުމުގައި ފެށި މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ހުކުރު ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސިއެވެ. 10 ގަޑިއިރުގެ ދަތުރަކަށްފަހު ރާއްޖެ އައި ފަސިންޖަރުން އެއާޕޯޓުގައި ހޫނު މަރުޙަބާއަކާއެކު ބަލައިގަތެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނީ، އެއާބަސް އޭ320 މަތިންދާބޯޓުތައް ބޭނުންކޮށްގެން ހަފްތާއަކު ދެ ފަހަރު، ހޯމަ އާއި ހުކުރު ދުވަހު ދަތުރުތައް ކުރާނެ ކަމަށެވެ.

މި ދަތުރުތައް ފެށުނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއަހަރުގެ ފަހު ކުއާޓަރުގައި އިތުރު 7 އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.