ބަނޑޭރިކޮށި އަލުން ބިނާކުރަން ހުސްކުރަނީ

ބަނޑޭރިކޮށި އަލުން ބިނާކުރަން ހުސްކުރަނީ

Author
އަހުމަދު
27 އޮކްޓޯބަރ 2026 07:51
0

 

ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބަނޑޭރިކޮށި 1 އާއި 2 އަލުން ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުގެ ކުރިން، އެ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކާ މަޝްވަރާކޮށް އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ފަށައިފި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ދަށުން ގިނަ އެޕާޓްމަންޓްތަކެއް ބިނާކޮށް، ވީހާ ގިނަ ސިފައިންނާއި ފުލުހުންނަށް ހިދުމަތުގެ މުއްދަތުގައި ދިރިއުޅެވޭނެ ތަނެއް ހަމަޖައްސައިދޭނެ ކަމަށެވެ. ދިރިއުޅޭ މީހުންނަށް ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް މަޝްރޫއު ހިންގާނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ތަރައްގީކުރާނީ ބަނޑޭރިކޮށި 1 ކަމަށް ބަޔާނުގައިވެ އެވެ. އެތަން ތަރައްގީކުރުމުން، މިހާރު އެތަނުގައި ދިރިއުޅޭ މީހުން އާ އެޕާޓްމަންޓްތަކަށް ބަދަލުކުރާނެ އެވެ.

ސިފައިންގެ 134 ވަނަ އަހަރީ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބަނޑޭރިކޮށި ހިމެނޭ ސަރަހައްދުގައި ސިފައިންނާއި ފުލުހުންނަށް ހައުސިން މަޝްރޫއެއް އަވަހަށް ފައްޓަވާނެ ކަމަށް އިއުލާނުކުރައްވާފަ އެވެ. އެ މުނާސަބަތުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެއްސެއްގެ އަސާސީ ހައްގެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.