ވީއައިއޭއިން 6.75 ކިލޯގެ ސިންތެޓިކް ކެތިނޯން ހިފަހައްޓައިފި

ވީއައިއޭއިން 6.75 ކިލޯގެ ސިންތެޓިކް ކެތިނޯން ހިފަހައްޓައިފި

Author
އަހުމަދު
25 އޮކްޓޯބަރ 2026 09:06
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވައިގެ މަގުން ގެނައި އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރެއިން 6.75 ކިލޯގްރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައިފިއެވެ.

ކަސްޓަމުން ބުނީ، މި ތަކެތި ހިފެހެއްޓީ ހޮނިހިރު ދުވަހު އެއާޕޯޓުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ހިފަހައްޓާފައިވާ ތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.