ސަނީ އުމަރުގެ މައްސަލަ ލަސްވަމުންދާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

ސަނީ އުމަރުގެ މައްސަލަ ލަސްވަމުންދާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

Author
އަހުމަދު
25 އޮކްޓޯބަރ 2026 09:05
0

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ސަނީ އުމަރަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ތަކުރާރުކޮށް ކެންސަލްކުރަމުން ދާތީ، އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އާއިލާގެ މީހަކު ބުނީ، މައްސަލަ ޝެޑިއުލްކުރުމަށްފަހު އެކި ސަބަބުތައް ދައްކައި އަޑުއެހުން ކެންސަލްކުރަމުން ދާކަމަށާއި، މިއީ ގަސްތުގައި ކުރާ ކަމެއްކަމަށް ޝައްކު ކުރެވޭ ކަމަށެވެ. ގާޒީންނަށް ބޮޑު މުސާރަ ދީ، ޝަރީޢަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައިވީނަމަވެސް، ދައުވާ ކުރިތާ ދިގު މުއްދަތެއް ވީއިރުވެސް މައްސަލަ ކުރިއަށް ނުދާކަމަށް އޭނާ ބުންޏެވެ.

ސަނީ އުމަރުގެ ވަކީލުން އެއްވެސް އަޑުއެހުމަކަށް ހާޒިރު ނުވާކަމަށާއި، މިކަމުގެ ފަހަތުގައި ނުފޫޒުގަދަ ފަރާތެއްގެ އަތެއް ވާކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

ޕީޖީ އޮފީހުން ވަނީ ސަނީ އުމަރަށް ތިން ދައުވާ އުފުލާފައެވެ. އެއް ދައުވާ އުފުލާފައިވަނީ ފިރިހެން ކުއްޖެއްގެ ހަތް އަހަރު ނުފުރެނީސް ފެށިގެން 2025 ވަނަ އަހަރުގެ އޮގަސްޓާ ހަމައަށް އެކުއްޖާއަށް ޖިންސީ ގޯނާކުރި ތުހުމަތުގައެވެ. އަނެއް ދެ ދައުވާ އުފުލާފައިވަނީ، ނުވައާއި 11 އަހަރާ ދެމެދުގެ އުމުރުގައި ދެ އަންހެން ކުއްޖަކަށް ޖިންސީ ނިޔަތުގައި އަތްލި ތުހުމަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.