ކަނޑުފުށީ ގޮނޑުދޮށުން އިންސާނެއްގެ ކަމަށް ބެލެވޭކަށިގަނޑެއް ފެނި، ފުލުހުން ތަހުގީގު ކުރަނީ

ކަނޑުފުށީ ގޮނޑުދޮށުން އިންސާނެއްގެ ކަމަށް ބެލެވޭކަށިގަނޑެއް ފެނި، ފުލުހުން ތަހުގީގު ކުރަނީ

Author
އަހުމަދު
25 އޮކްޓޯބަރ 2026 11:21
0

 

ތ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކަނޑުފުށީގެ ގޮނޑުދޮށުން ކަތުރު ކަށިގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެއެވެ.

އެ ރަށަށް ދަތުރު ކުރި ބަޔަކަށް އިއްޔެ ރާޅު އަރާ ހިސާބުގައި އޮއްވާ މި ކަށިގަނޑު ފެނުމުން، ފުލުހުންނަށް ރިޕޯޓް ކުރިއެވެ. ފުލުހުން ރަށަށް ގޮސް ކަށިގަނޑު ވަނީ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ، މިއީ އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ކަށިގަނޑެއް ކަން އަދި ކަށަވަރު ނުވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ތ. އަތޮޅުން އެންމެ ފަހުން މީހަކު ގެއްލިގެން ރިޕޯޓް ކުރީ މިދިޔަ އަހަރު އޭޕްރީލް މަހުއެވެ. އެއީ މުދާ އުފުލާ "ހޮޅުދޫ ބޯޓު"ގައި ރޯވި ހާދިސާގައި މޫދަށް ފުންމާލި އަލީ މުޝްފިގު މުހައްމަދެވެ. ސިފައިން ކަނޑުގެ ބޮޑު ސަރަހައްދެއް ބެލި ނަމަވެސް އޭނާ ހޯދިފައެއް ނުވެއެވެ. ފެނުނު ކަށިގަނޑާ މުޝްފިގާ ގުޅުމެއް ހުރިތޯ އަދި ސާފެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.