ދިވެހި އަދި އިންޑިއާ ސިފައިން ގުޅިގެން ރާއްޖޭގެ ކަނޑުތަކުގައި ތަމްރީނެއް

ދިވެހި އަދި އިންޑިއާ ސިފައިން ގުޅިގެން ރާއްޖޭގެ ކަނޑުތަކުގައި ތަމްރީނެއް

Author
އަހުމަދު
25 އޮކްޓޯބަރ 2026 11:17
0

 

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި އިންޑިއާގެ ނޭވީ ގުޅިގެން ރާއްޖޭގެ ކަނޑުތަކުގައި ހާއްސަ ތަމްރީނެއް ހިންގައިފިއެވެ.

"ޕެސެޖް އެކްސަސައިޒް" ގެ ނަމުގައި އިއްޔެ ހިންގި މި ތަމްރީނުގައި ބައިވެރިވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ "އިމާދުއްދީން" އާއި އިންޑިއާ ނޭވީގެ ފަސްޓް ޓްރެއިނިން ސްކޮޑްރަނެވެ. އެ ސްކޮޑްރަންގެ މަނަވަރު އައިއެންއެސް ތިރު އާއި އައިއެންއެސް ސުޖާތާ، އަދި އިންޑިއާ ކޯސްޓްގާޑުގެ އައިސީޖީއެސް ސަރަތީ ރާއްޖެ އައިސްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

އެމްއެންޑީއެފުން ބުނީ، މި ތަމްރީނުގެ ސަބަބުން ދެ ޤައުމުގެ ސިފައިންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެ، ކަނޑުގެ ރައްކާތެރިކަމުގެ ދާއިރާގައި ކުރާ އެއްބާރުލުން ހަރުދަނާވާނެ ކަމަށެވެ. އަދި މިއީ ދެ ޤައުމުގެ ސިފައިންގެ މެދުގައި ދިގު ޒަމާނަކަށް އޮތް ރައްޓެހިކަމުގެ ހެއްކެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.