ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމުގައި ދުނިޔެދަނީ ބޮޑުތަނުން ފެއިލް ވަމުން: ސިއްޙަތު ޖަމިއްޔާ

ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމުގައި ދުނިޔެދަނީ ބޮޑުތަނުން ފެއިލް ވަމުން: ސިއްޙަތު ޖަމިއްޔާ

Author
ހުސެއިން
19 ޖެނުއަރީ 2021 07:47
0

ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ވެކްސިން ދިނުމުގައި، މުޅި ދުނިޔެވެސް ބޮޑުތަނުން ފެއިލްވަމުން ދާކަމަށް ވިދާޅުވެ، ދުނިޔޭގެ ސިއްހަތު ޖައްމިއްޔާއިން ގައުމުތަކަށް އިންޒާރު ދީފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް ވިދާޅުވެފައިވަނީ، ދުނިޔޭގެ ފަގީރު ގައުމުތަކުގައި ތިބި ފަގީރު މީހުންނަށް ވެކްސިން ލިބޭނެ މަގެއް ފަހިވެފައި ނުވާއިރު، އެމީހުންނަށް ވެކްސިން ދިނުމުގެ ބަދަލުގައި، ދުނިޔޭގެ މުއްސަދި ގައުމުގައިތިބި ޒުނާވުންނާނާއި އަދި ފޯރުންތެރި މީހުންނަށް ވެކްސިން ލިބިގެން ދިއުމަކީ އެއްވެސް އިންސާފެއް ނޫންކަމުގައެވެ.

އޭނާ ވިދާޅުވިގޮތުގައި މިހާތަނަށް އައިއިރު، ދުނިޔޭގެ މުއްސަދި 49 ގައުމެއްގައި 39 މިލިއަން މީހުންނަށް މިހާރު ވެކްސިން ދީފައިވާ ކަމުގައެވެ.

އަދި މި ހިސާބުތަކާއި އާލާކިޔާ، މިސާލެއްގެ ގޮތުން އޭނާ ވިދާޅިވި ގޮތުގައި، މަދުން އާމްދަނީ ލިބޭ ގައުމެއްގައި މިހާތަނަށް ދެވިފައި ވަނީ އެންމެ 25 ޑޯޒްގެ ވެކްސިން ކަމުގައެވެ.

ދުނިޔޭގައި މިހާތަނަށް އައިއިރު އަމިއްލައަށް ވެކްސިން އުފައްދާފައިވާ ގައުމުތަކަކީ، ޗައިނާ، އިންޑިއާ، ރަޝިއާ، އިގިރޭސިވިލާއި އަދި އެމެރިކާއިންނެވެ. މީގެ އިތުރުން، އެމެރިކާގެ ފައިޒާ ކުންފުނިންނާއި އަދި ޖަރުމަނުވިލާތުގެ ބައޯއެންޓެކް ކުންފުނިން ގުޅިގެން ވެކްސިން އުފެއްދި ގޮތަށް، ދުނިޔޭގެ ތަފާތު އެތައް ކުންފުނިތަކެއް ގުޅިގެން ދަނީ ކޯވިޑް19 ވެކްސިންތައް އުފައްދަމުންނެވެ.

ވެކްސިން އަމިއްލައަށް އީޖާދު ކޮށްފައިވާ ހުރިހާ ގައުމަކުންވެސް ވަނީ، ވެކްސިން ފޯރުކޮށްދިނުމުގައި އެގައުމުގެ އާބާދީތަކަށް އިސްކަން ދީފައެވެ.

"އަހަރެން ބޭނުން މިވާހަކަ ވަރަށް ސާފުކޮށް ބުނަން. ދުނިޔެ މިވަނީ، ހަމަހަމަ ކަމާއެކު ވެކްސިން ދިނުމުގައި ބޮޑުތަނުން ފެއިލްވެގެން ގޮސްފައި، އަދި މީގެ އަގު ދައްކަން މިޖެހެނީ ދުނިޔޭގެ ފަގީރު ގައުމުތަކުގެ އާއިލާތަކުގެ ދިރިއުޅުމާ އަދި ފަގީރު އެތައްބައެއްގެ މަރުވެ ދިއުމުން،" ސިއްޙަތު ޖަމިއްޔާގެ އެކެޒެކެޓިވް ބޯޑުގެ ސެޝަންގައި މިހަފްތާގެ ހޯމަދުވަހު ވާހަކަ ދައްކަވަމުން ޑރ. ޓެޑްރޮސް ވިދާޅުވިއެވެ.

ޓެޑްރޮސް އިތުރަށް ވިދާޅުވި ގޮތުގައި، "އެންމެ ފުތަރަމަ އަހަރެން" މިސިޔާސަތަކީ ކާމިޔާބުވާނެ ސިޔާސަތެއް ނޫންކަމުގައެވެ. ސަބަބަކީ މިސިޔާސަތުގެ ސަބަބުން ވެކްސިންގެ އަގު އުފުލިގެން ދާނެކަމަށެވެ. "އާޚިރު ނަތީޖާއަކަށް ވެގެންދާނީ، މި ކާރިސާ އަވަސް މުއްދަތެއްގައި ނެތިގެން ނުދިއުމާ، ކާރިސާއިން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދިގުމުއްދަތަކަށް އަޅާފައި ބަހައްޓަން މަޖުބޫރު ވުމުގެ އިތުރުން މީގެ ސަބަބުން މީހުންނަށާއި އަދި ދުނިޔޭގެ އިގްތިސާދުތަކަށް ކުރަމުންދާ އަސަރުތައް އިތުރުވަމުން ދިއުން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވަނީ، ވެކްސިން ހިއްސާކުރުމަށް ބައިނަލް އަގުވާމީގޮތުން މިހާރު އުފައްދާފައިވާ "ކޯވެކްސް"ގެ ނަމުން ނަންދީފައިވާ ސްކީމަށް ހުރިހާ ގައުމުތަކުންވެސް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ. ރަސްމީކޮށް މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.