24 ގަޑިއިރުގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ގެމަނަފުއްޓަށް

24 ގަޑިއިރުގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ގެމަނަފުއްޓަށް

Author
އަހުމަދު
22 އޮކްޓޯބަރ 2026 10:13
0

ފާއިތުވި 24 ގަޑިއިރުގައި ރާއްޖޭގައި އެންމެ ގިނައިން ވާރޭ ވެހުނު ރަށަކީ ގއ. ގެމަނަފުށި ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ. އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެރަށަށް 101.8 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

ދެވަނައަށް ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް ކަމަށާއި، އެތަނަށް 90.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު މާލެއަށް 90 މިލިމީޓަރު ވެހުނެވެ. އަދި ގދ. ތިނަދޫއަށް 84.1 މިލިމީޓަރު، އދ. މަހިބަދޫއަށް 81.6 މިލިމީޓަރު، ގދ. ކާޑެއްދޫއަށް 80.6 މިލިމީޓަރު، އދ. މާމިގިލިއަށް 60.5 މިލިމީޓަރު އަދި ހުޅުމާލެއަށް 60 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މިއަދު ރާއްޖޭގެ ތަފާތު ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހިދާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 އާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުތަކާއެކު ވައިގެ ބާރުމިން ގަޑިއަކު 45 މޭލާ ހަމައަށް އަރާފާނެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ހުންނާނެ ކަމަށާއި، ވިލާގަނޑުތަކާއެކު ކަނޑު އިތުރަށް ގަދަވެ ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދަށް އަރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.