ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި

ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި

Author
އަހުމަދު
22 އޮކްޓޯބަރ 2026 10:08
0

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އީ-ސަދްރުގައި އޮތް މި ޖާފަތުގައި، ދެ ގައުމުގެ ވަޒީރުންނާއި ޕާލަމެންޓް މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު ނިމެނީ މިއަދެވެ. ދަތުރުފުޅުގެ ފަހު ދުވަހު، ޕާކިސްތާނުގައި ބާއްވާ ބިޒްނަސް ފޯރަމްއެއްގައި ބައިވެރިވެވަޑައިގަތުމާއި، އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުން ރާވާފައިވެއެވެ.

މި ދަތުރުފުޅު ކުރައްވަނީ، 26 ޖުލައި 1966 ގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.