އަގު ނުޖަހާ މުދާ ވިއްކާ ފިހާރަތަކާމެދު ގާނޫނީ ފިޔަވަޅު އަޅަނީ

އަގު ނުޖަހާ މުދާ ވިއްކާ ފިހާރަތަކާމެދު ގާނޫނީ ފިޔަވަޅު އަޅަނީ

Author
އަހުމަދު
14 އޮކްޓޯބަރ 2026 03:07
0

ވިއްކަން ބަހައްޓާ މުދަލުގައި ސާފުކޮށް އަގު ނުޖަހާ ވިޔަފާރިތަކާމެދު ގާނޫނީ ފިޔަވަޅު އަޅަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން އިންޒާރު ދީފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، ގިނަ ފިހާރަތަކުގައި މުދަލުގެ އަގު ގަންނަ ފަރާތްތަކަށް ސާފުކޮށް ނުފެންނަކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން، އަގު ނޭނގޭ ގޮތަށް މުދާ ވިއްކަން ބެހެއްޓުމަކީ މަނާ ކަމެއް ކަމުގައި މިނިސްޓްރީން ހަނދާންކޮށްދީފައިވެއެވެ.

ގާނޫނުގައިވާ ގޮތުން، އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ މުދަލުގައި ސީދާ އަގު ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުމުން، ނުވަތަ މުދާ ބަހައްޓާފައިވާ ތަނުގައި ކޮން މުދަލެއްގެ އަގެއްކަން ސާފުވާ ގޮތަށް އަގު ލިޔެފައި ހުރުމުންނެވެ.

ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް މޮނިޓަރކުރާނެ ކަމަށާއި، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.