ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ތިބި ބޭރު ގައުމެއްގެ ފަސިންޖަރުންތަކެއް ހަމަނުޖެހުން ހިންގައިފި އެވެ. އެ ފަސިންޖަރުންގެ ފްލައިޓް ލަސްވެ، ފަހުން ކެންސަލްވުމުން މި ހަމަނުޖެހުން ހިނގީ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ ލަސްވި ފްލައިޓެއް މިއަދު ކެންސަލްކުރުމުން ފަސިންޖަރުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ. ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯއެއްގައި، ޓާމިނަލްގެ ޑިޕާޗާ ސަރަހައްދުގައި ފުލުހުންނާއި އެ ބަޔަކާ ދެމެދު ކުރިމަތިލާ ހާލު ފެނެ އެވެ.
ފުލުހުން ބުނީ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓު ފޮނުވާ