އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން މަގާމުން ދުރުކޮށްފި

އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން މަގާމުން ދުރުކޮށްފި

Author
އަހުމަދު
13 އޮކްޓޯބަރ 2026 11:49
0

 

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން، އެ މަގާމުން ވަކިކޮށްފިއެވެ.

ހިސާން މަގާމުން ދުރުކުރިކަން އިތުބާރުހުރި މަސްދަރަކުން ކަށަވަރުކޮށްދީފައި ވީނަމަވެސް، ވަކިކުރި ސަބަބާއި އިތުރު ތަފްސީލެއް އަދި ހާމައެއް ނުވެއެވެ.

ހިސާނަކީ މި އިދާރާ އުފެއްދި ދުވަހުން ފެށިގެން އޭގެ ވެރިކަމުގައި ހުންނެވި ބޭފުޅެކެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު، ކުއްލި ހާލަތްތަކުގައި އެހީތެރިވުމާއި ރާއްޖެއަށް ލިބުނު އެހީ ބެލެހެއްޓުމަށް މި އިދާރާ ގާއިމްކުރި އިރު، ހިސާން ހުންނެވީ އެމްއެންޑީއެފްގެ ލާންސް ކޯޕްރަލެއްގެ ރޭންކުގައެވެ.

2011 ވަނަ އަހަރު މި ތަން މަދަނީ އިދާރާއަކަށް ބަދަލުކުރުމާއި، 2015 ގައި ފާސްކުރި ގާނޫނަކުން އިދާރާއަށް ގާނޫނީ ބާރު ލިބުނު އިރުވެސް، އެ ތަނުގެ ވެރިކަން ކުރިއަށް ގެންދެވީ ހިސާނެވެ. 2018 ވަނަ އަހަރު އިދާރާގެ ނަން އެންޑީއެމްއޭއަށް ބަދަލުކުރުމާ އެކު، އޭނާ ސީއީއޯގެ މަގާމަށް ހަމަޖައްސަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.