ރިޔާޟް އެއާޕޯޓު ހަމަލާއަށްފަހު ޔަމަނުގެ ހަނގުރާމަ އިތުރަށް ގަދަވެއްޖެ

ރިޔާޟް އެއާޕޯޓު ހަމަލާއަށްފަހު ޔަމަނުގެ ހަނގުރާމަ އިތުރަށް ގަދަވެއްޖެ

Author
އަހުމަދު
11 އޮކްޓޯބަރ 2026 09:29
0

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއާ އެކު، ސައުދީގެ މަދަދު ލިބޭ ޔަމަން ސަރުކާރުގެ ލަޝްކަރުތަކާއި ހޫތީންގެ ދެމެދު ކުރިއަށްދާ ހަނގުރާމަ އިތުރަށް ވަރުގަދަވެއްޖެއެވެ.

ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެފައިވާއިރު، ޒަޚަމްވި ބައެއް މީހުންގެ ހާލު ނާޒުކު ކަމަށް ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ. ހަމަލާގެ ޒިންމާ ހޫތީން އުފުލާފައި ނުވި ނަމަވެސް، މިއީ ހޫތީންގެ އަމަލެއް ކަމަށް ބުނެ ހަނގުރާމައިގެ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރި ސައުދީން، މިކަމުގެ ބަދަލު ވަރުގަދައަށް ހިފާނެ ކަމަށް ބުނެފިއެވެ.

ހަމަލާއާ މެދު ވަކި އެއްޗެއް ނުބުނި ނަމަވެސް، ސައުދީ އެއާޕޯޓްތަކަށް ދަތުރުކުރާ އެއާލައިންތަކާއި ދަތުރުވެރިންނަށާއި އެއާޕޯޓުތަކުގެ މުވައްޒަފުންނަށް ދީފައިވާ އިންޒާރު ހޫތީން މިއަދު އަލުން ތަކުރާރުކޮށްފިއެވެ.

2022 ވަނަ އަހަރު ވެފައިވާ ވަގުތީ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ނާކާމިޔާބުވުމާ ގުޅިގެން މި ހަނގުރާމަ ސަރަހައްދަށް ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، ސައުދީގެ ހަނގުރާމައިގައި އެމެރިކާ ބައިވެރިވެދާނެ ކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ގަލްފް އިންޓަނޭޝަނަލް ފޯރަމްގެ އެގްޒެކެޓިވް ޑިރެކްޓަރު ދާނިއާ ސާފިރު އަލްޖަޒީރާއަށް ވިދާޅުވީ، ސައުދީން ބޭނުންވަނީ ހަނގުރާމަ މަޑުޖައްސާލަން ކަމަށާއި، ނަމަވެސް ސައުދީގެ ސަލާމަތާއި ބައިނަލްއަޤްވާމީ ކަނޑުދަތުރުތަކަށް ހޫތީން ނުރައްކަލަކަށް ވެފައިވާތީ ސައުދީން ވަރުގަދަ ހަމަލާތަކެއް ދިނުމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.