އޮންލައިން ވިޔަފާރީގެ ދަތިތައް ހައްލުކޮށްދޭނަން: ރައީސް

އޮންލައިން ވިޔަފާރީގެ ދަތިތައް ހައްލުކޮށްދޭނަން: ރައީސް

Author
އަހުމަދު
09 އޮކްޓޯބަރ 2026 11:21
0

 

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ދިމާވަމުންދާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރޭ ރައީސް އޮފީހުގައި ބޭއްވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ބައްދަލުކުރި ފަރާތަކުން، ޓޭމޫ ފަދަ ސައިޓުތަކުން ވިޔަފާރިކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް، އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދުމުންނެވެ. އެކަން ހައްލުކޮށްދިނުމުން ރައީސަށް ލިބޭ ތާއީދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް ރެއާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާ ކަމަށާއި، އިރާދަކުރެއްވިއްޔާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށެވެ.

ދިވެހިން ގިނަ އަދަދަކަށް އޮންލައިން ވިޔަފާރީގައި ބައިވެރިވަމުން އަންނައިރު، މި ވިޔަފާރި ހަނިކޮށް މިހާ ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވަނީ މިއީ ފުރަތަމަ ފަހަރަށެވެ. އެކަމާ ގުޅިގެން ސަރުކާރާއި ބޭންކުތަކަށް ރައްޔިތުން ބޮޑަށް ފާޑުކިޔަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.