ދިވެހި ތަރިކަ ޗައިނާގެ މިއުޒިއަމްތަކުގައި ދައްކާލަނީ

ދިވެހި ތަރިކަ ޗައިނާގެ މިއުޒިއަމްތަކުގައި ދައްކާލަނީ

Author
އަހުމަދު
26 ސެޕްޓެމްބަރ 2026 02:42
0

 

ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ މައުރަޒެއް ތާރީޚުގައި ފުރަތަމަ ފަހަރަށް ޗައިނާގައި ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ހީނާ ވަލީދު ކަމަށްވާއިރު، ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގް އެވެ.

އެއްބަސްވުމާ އެއްގޮތަށް، އަންނަ އަހަރުގެ ފެށުމުގައި ދިވެހި ތަރިކަ ދައްކުވައިދޭ ހާއްސަ މައުރަޒެއް ޗައިނާގެ އެކި ސިޓީތަކުގައި ހުންނަ މިއުޒިއަމްތަކުގައި ބާއްވާނެއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ، މީގެ ބަދަލުގައި ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ މައުރަޒެއް ވެސް ރާއްޖޭގައި ބާއްވާނެ ކަމަށެވެ. "އޭންޝަންޓް ޗައިނީޒް ޝިޕްބިލްޑިންގ އެންޑް ނެވިގޭޝަން ޓެކްނޮލޮޖީ: ދަ މެރިޓައިމް ސިލްކް ރޯޑް ކަނެކްޓިންގ ޗައިނާ އެންޑް ދަ މޯލްޑިވްސް" ގެ ނަމުގައި ބާއްވާ އެ މައުރަޒުގައި ދައްކާލާނީ ޗައިނާގެ ޤަދީމީ އުޅަނދުފަހަރު ބެނުމާއި ކަނޑުމަތީ ދަތުރުގެ ފަންނާއި، ރާއްޖެއާއި ޗައިނާ ގުޅުވާލި ކަނޑުމަތީ ސިލްކް ރޯޑްގެ ތާރީޚެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.