އަންވަރު އިބްރާހީމްގެ ބޭބޭފުޅު ނިޔާވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

އަންވަރު އިބްރާހީމްގެ ބޭބޭފުޅު ނިޔާވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

Author
އަހުމަދު
25 ސެޕްޓެމްބަރ 2026 08:24
0

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ބޭބޭފުޅު، އީދްރުސް އިބްރާހީމް ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތާމަ ފާޅުކުރައްވައި ތަޢުޒިޔާ ފޮނުއްވައިފިއެވެ.

83 އަހަރުގެ އުމުރުގައި އީދްރުސް ނިޔާވީ އިއްޔެ، ނިދިފައި އޮއްވައެވެ.

ރައީސް ފޮނުއްވި ސިޓީގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ބޮޑުވަޒީރާއި އެމަނިކުފާނުގެ ޢާއިލާއަށް ހާއްސަ ތަޢުޒިޔާ ދަންނަވާފައިވެއެވެ. އަދި މި ދަތި ވަގުތުގައި މަރްޙޫމުގެ ޢާއިލާއަށް ކެތާއި ހިތްވަރު ލިބިވަޑައިގަތުމަށް މާތް ﷲގެ ޙަޟްރަތުގައި ރައީސް ދުޢާ ކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.