43 އަހަރު ފަހުން ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ

43 އަހަރު ފަހުން ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ

Author
އަހުމަދު
25 ސެޕްޓެމްބަރ 2026 08:42
0

މައްކާގެ މަސްޖިދުލް ހަރާމްގެ އިމާމް އަދި ޚަތީބު ޑރ. ޔާސިރު އައްދައުސަރީ ރާއްޖެ ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ.

މިނިސްޓަރު މި ޚަބަރު ދެއްވީ، ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ އިއުލާނުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ރީތި އަޑުން ގުރުއާން ކިޔަވާ، ދިވެހިންގެ ލޯބި ލިބިފައިވާ އިމާމެއް ކަމުގައިވާ އައްދައުސަރީ ވަޑައިގަންނަވާނެ ތާރީހު ފަހުން ކަނޑައަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ 43 އަހަރު ފަހުންނެވެ. ހަރަމްގެ އިމާމަކު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގަތީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ޝައިޚް މުހައްމަދު އައްސުބައްޔިލް ވަޑައިގެންނެވުމުންނެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރު މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ސަލާހުލް ބުދައިރު ވެސް ރާއްޖެ ޒިޔާރަތް ކުރައްވާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.