ފައިސަލް ނަސީމާ ބެހޭ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ފައިސަލް ނަސީމާ ބެހޭ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

Author
އަހުމަދު
25 ސެޕްޓެމްބަރ 2026 08:34
0

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޖިންސީ ގޯނާގެ ތުހުމަތުތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ފައިސަލްގެ އާއިލާގެ 10 މެންބަރުން ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުނީ، އެ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. 2023 ވަނަ އަހަރު ފައިސަލްގެ މަންމައާއި އާއިލާގެ އިތުރު ތިން މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރި ކަމަށް ފަތުރާ ވާހަކަ ވެސް ދޮގު ކަމަށް ބަޔާނުގައި ވެއެވެ.

ސިޔާސީ މަންފާއެއް ހޯދުމާއި ފައިސަލްގެ އަގުވައްޓާލުމުގެ ބޭނުމުގައި ފަތުރާ މި ވާހަކަތައް މުޅި އާއިލާގެ ފަރާތުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި ވާހަކަތައް ފެތުރެން ފެށީ، ކުރީގެ ރައީސް ސޯލިހުގެ ތާއީދާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ފައިސަލް ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތައް ގަދަވެފައިވާ ވަގުތެއްގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.