ގާޒާގެ ގަތުލުއާންމާ ދެކޮޅަށް ނަތަންޔާހޫގެ ތަގުރީރު ރާއްޖެއިން ބޮއިކޮޓްކޮށްފި

ގާޒާގެ ގަތުލުއާންމާ ދެކޮޅަށް ނަތަންޔާހޫގެ ތަގުރީރު ރާއްޖެއިން ބޮއިކޮޓްކޮށްފި

Author
އަހުމަދު
25 ސެޕްޓެމްބަރ 2026 08:35
0

އެކުވެރި ގައުމުތަކުގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ތަގުރީރު ކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޕޯޑިއަމަށް އެރުމާއެކު، ރާއްޖޭގެ ވަފުދާއި އެހެން ގިނަ ގައުމުތަކުގެ ވަފުދުތައް ޖަލްސާ ދޫކޮށް ނުކުމެއްޖެ އެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން ވަފުދުތައް ގޮނޑިތަކުން ތެދުވެ ނުކުމެގެން ދިޔައިރު، ނަތަންޔާހޫގެ ތަގުރީރު ކުރިއަށް ދިޔައީ ގާތްގަނޑަކަށް ހުސް މާލަމަކަށެވެ.

މި ޖަލްސާގައި ވާހަކަ ދައްކަން ނަތަންޔާހޫއަށް ފުރުސަތު ދިނުމާ މެދު ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 73،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.