ޓްރަމްޕްގެ އިންޒާރު އީރާނަށް: އޮތީ ސުލްހަ ނުވަތަ ފަނާވުން

ޓްރަމްޕްގެ އިންޒާރު އީރާނަށް: އޮތީ ސުލްހަ ނުވަތަ ފަނާވުން

Author
އަހުމަދު
23 ސެޕްޓެމްބަރ 2026 08:16
0

 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އިސްލާމީ ޖުމްހޫރިއްޔާ މުޅިން ފަނާކޮށްލުމުގެ ބާރު އެމެރިކާގައި އޮތް ކަމަށް އިންޒާރު ދެއްވައިފި އެވެ.

ނިއުޔޯކްގައި ބޭއްވުނު އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި އިއްޔެ ދެއްވި 37 މިނެޓުގެ ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ހަނގުރާމައިގެ ސަބަބުން ތެހެރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވިފައިވާ ކަމަށެވެ. އީރާނަށް އަލުން ބިނާވުމުގެ ފުރުސަތު ދޭނެ އެއްބަސްވުމެއް ހަދާނީތޯ، ނުވަތަ ލަސްނުކޮށް އެ ވެރިކަން ނިމުމަކަށް ގެނެސްދޭނީތޯ ނިންމަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިޑްޓާމް އިންތިހާބަށްފަހު އީރާނާ ސުލްހަވެވޭނެ ކަމަށް ލަފާކުރައްވާ ޓްރަމްޕް، އީރާނު މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި އެ ގައުމު އިގްތިސާދީ ގޮތުން އެކަހެރިކުރުމަށް އެހެން ގައުމުތަކަށް ގޮވާލެއްވި އެވެ. ކޮންގްރެސްގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރުވެރިކަމަށް ބޮޑު ސަމާލުކަމެއް ނުދެއްވާ ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރާ ބައިގެ މުއްދަތަށް އޭނާ ވެރިކަމުގައި ހުންނާނެ ކަމަށެވެ.

ތަގުރީރުގައި މެކްސިކޯއާއި ކިއުބާއަށްވެސް ޓްރަމްޕް ފާޑުކިޔުއްވި އިރު، ކިއުބާގެ ވާހަކަ ފެއްޓެވުމުން އެ ގައުމުގެ ވަފުދު މަޖިލިސް ދޫކޮށް ނުކުމެގެން ދިޔަ އެވެ. އަދި އެމެރިކާގެ ސިފައިން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ބާރުގެ ދަށަށް ނާންނާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

މި ތަގުރީރު ދެއްވީ، އީރާނަށް އެމެރިކާއިން ދިން ދެ ހަމަލާއެއްގައި ހަނގުރާމައިގެ ކުށްތަކަށް ޝައްކުކުރެވޭ ފަދަ އަމަލުތައް ހިންގާފައިވާ ކަމަށް އދ. ގެ ތަހުގީގީ ޓީމަކުން ރިޕޯޓުކުރިތާ ހަފުތާއެއް ނުވަނީސް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.