އީސީ އިން ޕީއެންއެފް އަށް: ތުހުމަތުތައް ދޮގު، ޒިންމާދާރުވާން ޖެހޭ

އީސީ އިން ޕީއެންއެފް އަށް: ތުހުމަތުތައް ދޮގު، ޒިންމާދާރުވާން ޖެހޭ

Author
އަހުމަދު
18 ސެޕްޓެމްބަރ 2026 05:44
0

ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕާ ގުޅޭ ގޮތުން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަމާޒުކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ، އެ ކޮމިޝަނުން މިއަދު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މީގެ ކުރިން ޕާޓީތަކުގެ މެންބަރޝިޕާ ގުޅޭ ގޮތުން އެންމެ ބޮޑަށް އިވެމުން އައި ޝަކުވާއަކީ މީހުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމުގެ މައްސަލަ ކަމަށާއި، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މެންބަރޝިޕް ނިޒާމުގެ ތެރެއަށް އީ-ފާސް ތައާރަފުކުރެވިފައިވާ ކަމަށެވެ. އަދި މިހާރު އެއީ އާންމުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ، ދެފުށްފެންނަ ރައްކާތެރި ނިޒާމެއް ކަމަށް އީސީ އިން ފާހަގަކުރި އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ހިނގާ ކޮންމެ ރައްޔިތަކަށްވެސް އެ މީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، މުޅިން މިނިވަންކަމާއެކު ޕާޓީއަކަށް ވަނުމާއި ވަކިވުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށެވެ. އެހެންކަމުން، މީހަކަށް ނޭނގި އެ މީހަކު ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އިލެކްޝަންސް ކޮމިޝަނަށްވެސް، އަދި އެހެން އެއްވެސް ފަރާތަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކޮމިޝަނުން ވިދާޅުވި އެވެ.

ނަމަވެސް، މި ހަގީގަތް އޮޅުވާލައި، ކޮމިޝަނަށާއި މެންބަރޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަށް ޕީއެންއެފުން މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކޮށް، ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި، ސިޔާސީ ހަރަކާތްތައް ޒިންމާދާރުކަމާއެކު ކުރިއަށް ގެންދިޔުމަށް ހުރިހާ ޕާޓީތަކަށް އީސީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.