ޕީއެންސީގެ އާ ލީޑާޝިޕް މަގާމުގެ ހުވާ ކުރައްވައިފި

ޕީއެންސީގެ އާ ލީޑާޝިޕް މަގާމުގެ ހުވާ ކުރައްވައިފި

Author
އަހުމަދު
18 ސެޕްޓެމްބަރ 2026 05:38
0

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެކި މަގާމުތަކަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ޕާޓީގެ ކޮންގްރެސްގެ ތެރެއިން ބޭއްވި މަތީ މަޖިލީހުގެ ހާއްސަ ސެޝަން ޝަރަފުވެރިކޮށްދެއްވީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ބޭފުޅުންނަށް ހުވާ ލައިދެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނެވެ.

ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އަދި ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ޕާޓީގެ ނައިބު ރައީސުންނާއި، ލީޑާޝިޕަށް އައްޔަންކުރެއްވި މިނިސްޓަރުންނާއި، ސަރުކާރު ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިންވެސް ވަނީ ހުވާ ކުރައްވާފައެވެ.

އަދި މަތީ މަޖިލީހަށް އިންތިހާބުވި އަންހެން މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިން ކޮމިޓީތަކުގެ ބޭފުޅުންވެސް މި ސެޝަންގައި މަގާމުގެ ހުވާ ކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.