ޓިކްޓޮކްގެ ބާނީ ޖަންގް އީމިންގް އޭޝިއާގެ އެންމެ މުއްސަނދި މީހާއަށް

ޓިކްޓޮކްގެ ބާނީ ޖަންގް އީމިންގް އޭޝިއާގެ އެންމެ މުއްސަނދި މީހާއަށް

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 10:53
0

ޓިކްޓޮކްގެ ކޯ-ފައުންޑަރު، އުމުރުން 43 އަހަރުގެ ޖަންގް އީމިންގް، އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީ ފަހަތަށް ޖައްސާލުމަށްފަހު އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދައިފިއެވެ.

ބްލޫމްބާގް ބިލިއަނަ އިންޑެކްސް އިން ދައްކާ ގޮތުގައި، ޓިކްޓޮކްގެ މާދަރީ ކުންފުނި ބައިޓްޑާންސްގެ ބާނީ ޖަންގްގެ މިލްކިއްޔާތު 105.5 ބިލިއަން ޑޮލަރަށް އަރައިފައިވާއިރު، އަދާނީގެ މިލްކިއްޔާތު ހުރީ 104.8 ބިލިއަން ޑޮލަރުގައެވެ.

2019 ވަނަ އަހަރު އެންމެ 13 ބިލިއަން ޑޮލަރުގައި ހުރި ޖަންގްގެ މުއްސަނދިކަން މިއަދު ވަނީ އަށް ގުނައަށްވުރެ އިތުރުވެފައެވެ. ބްލެކްރޮކް، ފިޑެލިޓީ އަދި ޓީ. ރޯވް ޕްރައިސް ފަދަ ބޮޑެތި އިންވެސްޓްމަންޓް ކުންފުނިތަކުން ބައިޓްޑާންސްގެ އަގު އަލުން ވަޒަންކުރުމާ ގުޅިގެން، ސެޕްޓެމްބަރު މަހު އެކަނިވެސް އޭނާގެ މުއްސަނދިކަމަށް 12 ބިލިއަން ޑޮލަރު އިތުރުވިއެވެ.

ޓިކްޓޮކްގެ އިތުރުން ބައިޓްޑާންސް އިން ދަނީ "ދޫބާއޯ" ޗެޓްބޮޓާއި "ސީޑާންސް" ވީޑިއޯ އުފައްދާ ޓޫލް ފަދަ އޭއައި އުފެއްދުންތަކާއެކު އެ ދާއިރާއަށްވެސް ފުޅާވަމުންނެވެ.

އަނެއްކޮޅުން، ޖޫން މަހު ގާތްގަނޑަކަށް 120 ބިލިއަން ޑޮލަރުގައި ހުރި އަދާނީގެ މިލްކިއްޔާތު ވަނީ ހިއްސާގެ ބާޒާރުގެ ބަދަލުތަކާއި ތެލުގެ އަގު އުފުލުމާއި ބޮންޑް ޔީލްޑްސް މަތިވުމުގެ ސަބަބުން ދަށްވެފައެވެ.

ޖަންގަށް މި ޝަރަފު ލިބިފައި ވަނީ އެމެރިކާގައި ޓިކްޓޮކް ހިންގުމުގައި ކުރިމަތިވި ގާނޫނީ ގޮންޖެހުންތަކުގެ ތެރޭގައި އެތައް އަހަރެއް ހޭދަކުރުމަށްފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.