ދުނިޔެއިން ކޯވިޑް19 ފެނުމުގެ ކުރިން، ޗައިނާގެ ވޫހާންގެ ލެބޯޓްރީ ރިސާޗަރުންގެ ކިބައިން ކޯވިޑް19ގެ އަލާމާތްތައް ފެނިފައިވާކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާގެ ޑިޕާޓް އޮފް ސްޓޭޓްއިން ހާމަކޮށްފައިވާ ގޮތުގައި ޗައިނާގެ ވޫހާންގައި ހުރި ލެބޯޓްރީއެއްގެ ރިސާޗަރުންގެ ގެންދިޔައީ، ސާސް ކޯވް-2 އާއި އެއްވައްތަރު ޑީއެންއޭ އެކުލެވިގެންވާ އެހެން ވައިރަހެއްގެ ތަހުލީލުތައް ކުރަމުންނެވެ.
އެމެރިކާއިން ބުނާގޮތުގައި، ޗައިނާގެ ވޫހާންގެ މި ލެބޯޓްރީގައި މަސައްކަތް ކުރަމުންދިޔަ ރިސާޗަރުން، 2019 ވަނަ އަހަރުގެ ފިނި މޫސުމްގައި، ކޯވިޑް19 ޖެހޭމީހުންގެ ކިބައިން މިހާރު ފެންނަމުންދާ އަލާމާތްތަކާ އެއްވައްތަރުގެ އަލާމާތްތައް ފެނިގެން އެމީހުން ވަރަށް ބޮޑަށް ބަލިވެފައިވާކަމުގެ އިންޓެލިޖެންސް މައުލޫމާތު އެގައުމުގައި އެބަހުއްޓެވެ. އަދި މިމީހުން ބަލިވެފައިވަނީ ކޯވިޑް19ގެ ކޭސްތައް ދުނިޔެއިން ފެންނަން ފެށުމުގެ ކުރިކަމުގައިވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައި ވެއެވެ.
އަދި މީގެއިރުރުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ތުހުމަތު ކުރާގޮތުގައި، ޗައިނާގެ ވެރިކަންކުރާ ޕާޓީ، ކޮމިއުނިސްޓް ޕާޓިންވަނީ، މަޖުބޫރުން ކޯވިޑް19 އާއި ގުޅޭ މައުލޫމާތުތައް ސިއްރުކޮށްފައެވެ. އެހެންނަމަވެސް، ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، ޗައިނާގެ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއިން ދިޔައީ، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19އާއި އެއްވައްތަރުގެ ޑީއެންއޭ އެކުލެވިގެންވާ ވައިރަސްތަކުގެ ތަހުލީލުތައް ކުރަމުންނެވެ.
ކޯވިޑް19ގެ އެންމެ ފުރަތަމަ ކޭސް ދުނިޔެއިން ފެނިފައިވަނީ، ޗައިނާގެ ވޫހާން ސިޓީއިންނެވެ. އަދި އޭރު ހީކުރެވިފައިވަނީ، މިވައިރަސް ފެތުރެން ފަށާފައިވަނީ، ވޫހާންގެ ދިރޭ ޖަނަވާރުން ވިޔަފާރި ކުރާ މާރުކޭޓަކުންކަމުގައެވެ.
މިހާތަނަށް އައިއިރު، މިވައިރަސް އިންސާނުންގެ ގަޔަށް ވާސިލްވެފައިވަނީ ޖަނަވާރުގެ ކިބައިން ކަމަށް ގިނަ ސައިންސްވެރިން ލަފާ ކޮށްފައިވިނަމަވެސް، ކޯވިޑް19 ޖައްސާ ކޮރޯނާ ވައިރަހަކީ ޗައިނާގެ ސިއްރު ލެބޯޓްރީއަކުން، އެކްސިޑެންޓަކުން ލީކްވެގެން ފެތުރެން ފަށާފައިވާ ވައިރަހެއް ކަމުގައިވެސް ބައެއް ފަރާތްތަކުން ފެށުނީއްސުރެ ވަނީ ތުހުމަތު ކޮށްފައެވެ.
ޓްރަމްޕްގެ ވެރިކަމުގައި ވަނީ، މުޅި ދުނިޔެއަށް ކޯވިޑް19 ފެތުރުމުގެ ޒިންމާ އެތައްފަހަރު ޗައިނާގެ ވެރިންގެ އިސްތަށިފުޅުގައި އަޅުވާފައެވެ.
އެމެރިކާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ވޫހާންގެ ލެބޯޓްރީގެ ރިސާޗަރުން ތަހުލީލު ކުރަމުންއައީ، ކޯވިޑް19 ޖައްސާ ވައިރަސްކަމުގައިވާ، ސާސް-ކޮވް-2 އާއި އެންމެ ވައްތަރު އެއްވައިރަސްކަމުގައިވާ، ވާލުގައި ހުންނަ ވައިރަހެއް ކަމުގައިވާ އާރްއޭޓީޖީ13ގެ ވައިރަހެވެ. "ނަތީޖާއެއްގެ ގޮތުން، މި ތަހުލީލުތަކުގައި، މިބާވަތުގެ އެކްސިޑެންޓެއް ހިގައިދިއުމުގެ ރިސްކު އެހާމެ ބޮޑަށް އޮވެފަ، އަދި ރިސާޗަރުންނަށް އެގުމަކާ ނުލާވެސް ވައިރަސް އާންމުންގެ ތެރެއަށް ދޫވެގެން ދިއުމުގެ ފުރުސަތު އިންތިހާއަށް އޮންނާނެ،' ސްޓޭޓް ޑިޕާޓްމަންޓުގެ ސްޓޭޓްމަންޓުގައި ބުނެފައި ވެއެވެ.
ނިތީޖާއެއްގެ ގިތުން، މި ތަހުލީލުތަކުގައި ބައިވެރިވި އެތަކެއް ރިސާޗަރުންގެ ކިބައިންވަނީ، "ކޯވިޑް19ގެ ސަބަބުން މިހާރު ފެންނަމުންދާ އަލާމަތްތަކާ އެއްވައްތަރުގެ އަމާލާތްތަކުގެ އިތުރުން، އާންމުކޮށް އެކި ދުވަސްވަރަށް ޖެހޭ ޒާތުގެ ރޯގާތަކުގެ ބައެއް އަލާމާތްތައްވެސް ފެނިފަ،" މި ސްޓޭޓްމަންޓުގައި ބުނެފައި ވެއެވެ.
އެހެހެންނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާންޓްމަންޓުގެ އޮސިޝަލުންވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި، އެފަރާތްތަކަށްވެސް، މިބަލި ފެތުރެންފެށި ތަނަކާ ވަގުތެއް އަދި އެންމެ ފުރަތަމަ މިވައިރަސް އިންސާނުންގެ ގަޔަށް ވާސިލްވެފައިވާ ގޮތެއް، ފުރިހަމަ ޔަގީންކަމާއެކު ދަންނަވާކަށް ނޭގެއެވެ.
ޗައިނާގެ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ލެބޯޓްރީންވަނީ، އެމެރިކާގެ މިތުހުމަތުތައް ދޮގުކޮށްފައެވެ.
ކޮމެންޓު ފޮނުވާ