އުމްރާނީ މަޝްރޫޢުތަކަށް ފައިނޭންސިން ހޯދުމަށް ސައުދީ ފަންޑުގެ ސީއީއޯއާއެކު މަޝްވަރާކޮށްފި

އުމްރާނީ މަޝްރޫޢުތަކަށް ފައިނޭންސިން ހޯދުމަށް ސައުދީ ފަންޑުގެ ސީއީއޯއާއެކު މަޝްވަރާކޮށްފި

Author
އަހުމަދު
14 ސެޕްޓެމްބަރ 2026 10:20
0

ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިނޭންސިން ހޯދުމާ ގުޅޭގޮތުން ސައުދީ ޑިވެލޮޕްމަންޓް ފަންޑް (އެސްއެފްޑީ)ގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދާ އެކު ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގެންނެވި އެސްއެފްޑީގެ ސީއީއޯ، މިނިސްޓަރު ޒަރީރުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި، އަސާސީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުން އިސްކަންދޭ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިން ހޯދުމާ ގުޅޭގޮތުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޒަރީރު ވަނީ އެ ފަންޑުން ރާއްޖޭގެ ތަރައްޤީއަށް ދެއްވަމުންދާ ދިގުމުއްދަތުގެ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

1978 ވަނަ އަހަރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ދޫކުރި ފުރަތަމަ ލޯނުން ފެށިގެން، މިހާތަނަށް އެސްއެފްޑީން ވަނީ ރާއްޖޭގެ 14 މަޝްރޫޢަކަށް ޖުމްލަ 17 ލޯނެއްގެ ގޮތުގައި 488 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ފޯރުކޮށްދީފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އިންވެސްޓްމަންޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ދޫކުރި 217 މިލިއަން ޑޮލަރެވެ. އޭގެ އިތުރުން ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް 50 މިލިއަން ޑޮލަރު، އަދި ހުޅުމާލޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށްވެސް އެ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.