ވަގުފު އިމާރާތްތަކާއި މިސްކިތްތައް އަޅަން ޚާއްޞަ ކުންފުންޏެއް އުފައްދައިފި

ވަގުފު އިމާރާތްތަކާއި މިސްކިތްތައް އަޅަން ޚާއްޞަ ކުންފުންޏެއް އުފައްދައިފި

Author
އަހުމަދު
12 ސެޕްޓެމްބަރ 2026 07:58
0

ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެ ބިނާތަކާއި މިސްކިތްތައް އިމާރާތްކޮށް މަރާމާތު ކުރުމަށް ޚާއްޞަ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި އުފެއްދެވި މި ކުންފުނިން ވަގުފު އިމާރާތްތައް ހެދުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، މަރާމާތުކުރުމާއި، އާބާތުރަ ފިލުވުމާއި، މިސްކިތްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ޤާއިމުކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރާނެއެވެ.

ވަގުފު އިމާރާތްތަކަށް އައު ކުންފުންޏެއް އުފެއްދިއިރު، މި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަގުފު އިމާރާތްތައް އަޅަން ނިންމާފައެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ އެޅި ވަގުފު އިމާރާތަކީ މާފަންނު މަދަރުސާއާ ޖެހިގެން އިމާރާތްކުރި "ދާރުލް އީމާން" އެވެ. އޭގެ ދެވަނަ އިމާރާތް "ދާރުއްސަލާމް" އެޅުމުގެ މަސައްކަތް ވެސް އާރުސީސީން މިދިޔަ މަހު ފަށާފައިވާއިރު، ހދ. ކުޅުދުއްފުއްޓާއި، ގދ. ތިނަދޫއާއި އައްޑޫ ސިޓީގައި ވެސް ވަގުފު އިމާރާތްތައް އަޅަން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.