އިންޑިއާއިން "ޔޫޕީއައި ޓެޕް އެންޑް ޕޭ" ތަޢާރަފުކޮށްފި

އިންޑިއާއިން "ޔޫޕީއައި ޓެޕް އެންޑް ޕޭ" ތަޢާރަފުކޮށްފި

Author
އަހުމަދު
12 ސެޕްޓެމްބަރ 2026 09:36
0

އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) މެދުވެރިކޮށް ފޯނު ޖައްސާލައިގެން ފައިސާ ދެއްކޭނެ "ޓެޕް އެންޑް ޕޭ"ގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.

މި ނިޒާމުގެ ދަށުން، އެންއެފްސީ ފީޗަރ ހިމެނޭ ސްމާޓްފޯނެއް އަންލޮކްކޮށް، ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓަރމިނަލްގައި ޖައްސާލުމުން ޕޭމަންޓް ކުރެވޭނެއެވެ. މިއާއެކު ކިއުއާރް ކޯޑް ސްކޭން ކުރުމަކަށް ބޭނުމެއް ނުޖެހޭނެއެވެ. ޚާއްޞަކޮށް، ކަސްޓަމަރުގެ ފޯނުގައި އިންޓަރނެޓް ކަނެކްޝަން ދަށްވެފައި ނުވަތަ ނެތް ހާލަތުގައި ވެސް، ޕީއޯއެސް ޓަރމިނަލްގެ ކަނެކްޝަން ބޭނުންކޮށްގެން ޚިދުމަތް ލިބިގަނެވޭނެއެވެ.

މިދިޔަ އޮގަސްޓް މަހު އެކަނިވެސް ޔޫޕީއައި މެދުވެރިކޮށް 24.51 ބިލިއަން މުޢާމަލާތެއް ކޮށްފައިވާއިރު، މީގެ ޖުމުލަ ޢަދަދު 29.82 ޓްރިލިއަން ރުޕީސް (ގާތްގަނޑަކަށް 314 ބިލިއަން އެމެރިކާ ޑޮލަރު) އަށް އަރައެވެ.

މި ޚިދުމަތް ފެށިއިރު، އިންޑިއާގައި އެޕަލް ޕޭގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން، 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެޕަލް ޕޭ ފެށޭނެއެވެ. ފުރަތަމަ މަރުޙަލާގައި ބޭނުންކުރެވޭނީ ވިސާ އަދި މާސްޓަރކާޑް ކްރެޑިޓް ކާޑުތައް އެޕަލް ވޮލެޓަށް އެއްކޮށް، އައިފޯނާއި އެޕަލް ވޮޗް މެދުވެރިކޮށް ކުރެވޭ އެންއެފްސީ ޕޭމަންޓް ތަކެވެ. ނަމަވެސް ފުރަތަމަ ކޮޅު ޔޫޕީއައި ސަޕޯޓް ނުހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންޕީސީއައި ޗެއަރމަން އަޖޭ ކުމާރް ޗައުދަރީ ވިދާޅުވީ، މުވާސަލާތީ ޚިދުމަތް ދަށްކޮށް ލިބޭ ސަރަޙައްދުތަކުގައި ވެސް ފަސޭހަކަމާއެކު ޕޭމަންޓް ކުރެވޭނެ ފަދަ ގޮތަކަށް، އައު ޚިދުމަތް ފަރުމާ ކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު، އިންޑިއާގެ ފިހާރަތަކާއި ވިޔަފާރިތަކުގައި ކިއުއާރް ކޯޑް ބޭނުންކުރުމުގެ ބަދަލުގައި، އެންއެފްސީ ޓެކްނޮލޮޖީ މެދުވެރިކޮށް ޕޭމަންޓް ކުރުމުގެ ޓްރެންޑް އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.