ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ހިނގައްޖެ

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ހިނގައްޖެ

Author
އަހުމަދު
12 ސެޕްޓެމްބަރ 2026 12:18
0

ސިނަމާލެ ބްރިޖުގެ ތަނބަކަށް ރޭ އުރުނު ދެ ބޯޓު އަޑިއަށް ގޮސްފި އެވެ. މި ހާދިސާގައި ބްރިޖަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެކެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން، މި ދެ ބޯޓު އޮޔާ ގޮސް ބްރިޖުގައި ޖެހިފައިވާ ތަން ފެނެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެ ދެ ބޯޓު ބްރިޖުގެ ދަށުން އޮޔާ ގޮސް މާލެ އަތޮޅުން ބޭރަށް ދާން ފެށުމުން، ބޯޓުގައި ތިބި ނުވަ ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ. އަދި ބާވެފައިވާ މި ދެ ބޯޓު ދިޔަވެ، މާލެ އަތޮޅުގެ އިރުން ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށް ވަނީ އަޑިއަށް ގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި މިއީ މިދިޔަ އޭޕްރީލް މަހު ހުއްދަނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އަތުލައިގަތް ދެ ބޯޓެވެ. ޗައިނާ ސަރުކާރުގެ އެހީގައި އެޅި ބްރިޖުގެ މައިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމުގެ ޔަގީންކަން ސަރުކާރުންނާއި ޗައިނާ އެމްބަސީން ވަނީ ދީފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.