ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފި

ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފި

Author
އަހުމަދު
11 ސެޕްޓެމްބަރ 2026 10:38
0

ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ފަސޭހަކަމާއެކު ހުށަހެޅޭނެ "ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް"ގެ ނަމުގައި ޚާއްސަ ޕޯޓަލްއެއް، އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ތައާރަފުކޮށްފިއެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، މީގެކުރިން ވިޔަފާރިވެރިން މައްސަލަތައް ހުށަހަޅަން ޖެހެނީ އީމެއިލް، ފޯނު ކޯލް، ނުވަތަ ސީދާ ވުޒާރާއަށް ހާޒިރުވެގެންނެވެ. ނަމަވެސް އަލަށް ތައާރަފުކުރި ޕޯޓަލް މެދުވެރިކޮށް ދިމާވާ މައްސަލަތައް ވަގުތުން ހުށަހެޅުމުގެ ފުރުޞަތު ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.

އޭގެ އިތުރުން، ހުށަހަޅާ މައްސަލަތައް މޮނިޓަރކޮށް، އެޓެންޑްވެ، އޮންލައިންކޮށް އެ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. މި ޚިދުމަތް ހޯދުމަށް ވަނުމަށް ޖެހެނީ facilitation.trade.gov.mv ވެބްސައިޓަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.