އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ ޝަރަފު ޑރ. ފުރުޤާނަށް

އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ ޝަރަފު ޑރ. ފުރުޤާނަށް

Author
އަހުމަދު
10 ސެޕްޓެމްބަރ 2026 10:24
0

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން "އިންޖިނިއަރސް އެވޯޑް"ގައި މި އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ ޝަރަފު ޑރ. ފުރުޤާން އިބްރާހިމް ހާސިލްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، އިންޖިނިއަރިންގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، އެމްޑަބްލިޔުއެސްސީގައި މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވާ ޑރ. ފުރުޤާނަށް ވަނީ "އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް" އެވޯޑުވެސް ލިބިވަޑައިގެންފައެވެ.

ޖުމުލަ 8 ކެޓަގަރީއަކުން އެވޯޑު ދިން މި ހަފްލާގައި، ޔަންގް އިންޖިނިއަރގެ އެވޯޑު މުޙައްމަދު ޒިދާން ޙަސަނަށް، ވިމެން އިން އިންޖިނިއަރިންގ އެވޯޑު އަސްރާރަށް، އަދި ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު ޙުސައިން ޖައުޝާނަށް ވަނީ ލިބިފައެވެ. މީގެ އިތުރުން، ސޫރުގެ ހަކަތައާއި އެންއޭއެސް ބެޓަރި ބޭނުންކޮށްގެން ޤާއިމުކުރި "ޑީކާބަނައިޒްޑް ސީވޯޓާ ޑީސެލިނޭޝަން ސިސްޓަމް"ގެ މަޝްރޫޢާއެކު ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު، އަދި ރ. ދުވާފަރުގައި ހިންގި "އިންޓަގްރޭޓެޑް ޔުޓިލިޓީ ސަރވިސަސް" މަޝްރޫޢާއެކު ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު ވަނީ އެމްޑަބްލިޔުއެސްސީއަށް ލިބިފައެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފުރަތަމަ ފަހަރަށް ދޭން ފެށި މި އެވޯޑަކީ ދިވެހި އިންޖިނޭރުންގެ ފަންނުވެރިކަމާއި ޤައުމީ ތަރައްޤީގައި އެ ބޭފުޅުންގެ ދައުރު ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އަހަރު 77 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ހުށަހެޅުންތައް ބައްލަވާފައިވަނީ 7 މެންބަރުންގެ ކޮމިޓީއަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.