ޝީނާ ތާރީހުގެ ތެރެއަށް: ރާއްޖޭގެ ފުރަތަމަ އަންހެން ޓުއަރގައިޑް

ޝީނާ ތާރީހުގެ ތެރެއަށް: ރާއްޖޭގެ ފުރަތަމަ އަންހެން ޓުއަރގައިޑް

Author
އަހުމަދު
10 ސެޕްޓެމްބަރ 2026 08:50
0

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކަށް ޓުއަރގައިޑް ލައިސަންސް ލިބިއްޖެއެވެ. މި ފަހުރުވެރި ފުރުސަތު ލިބިފައިވަނީ އައިޝަތު ޝީނާއަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ޝީނާއާ ބައްދަލުކުރައްވާ ރަސްމީ ޓުއަރގައިޑް ފާސް ހަވާލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ސަރުކާރުގެ ފަރާތުން ޝީނާއަށް މަރުހަބާ ވިދާޅުވެ، މި ދާއިރާގައި އޭނާ ހޯދި ކާމިޔާބީ ފާހަގަކުރައްވާފައެވެ. މީގެ ކުރިން ރާއްޖޭގައި ޓުއަރގައިޑުންގެ ގޮތުގައި ހަރަކާތްތެރިވަމުން އައީ ހަމައެކަނި ފިރިހެނުންނެވެ.

ޓުއަރގައިޑެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ މިނިސްޓްރީން ގަބޫލުކުރާ ކޯހެއް ފުރިހަމަކޮށް، ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު ރަސްމީ ފާސް ހޯދައިގެންނެވެ. ފަތުރުވެރިންނަށް ހިދުމަތް ދޭއިރު މި ފާސް ފެންނަން ހަރުކޮށްފައި ބެހެއްޓުމަކީ ގާނޫނީގޮތުން ލާޒިމުކަމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އދ ގެ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ނިސްބަތަކީ އެންމެ 3 އިންސައްތައެވެ. އަދި 2022 ވަނަ އަހަރު ރިސޯޓުތަކުގައި ވަޒީފާއަދާކުރި 55،874 މީހުންގެ ތެރެއިން 89 އިންސައްތައަކީ ފިރިހެނުންނެވެ. އާއިލީ ޒިންމާތަކާއި އިޖުތިމާއީ ގަބޫލުކުރުންތަކުގެ ސަބަބުން މި ދާއިރާއަށް އަންހެނުން ވަނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.