ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސް މަގުގައި ހުންނަ ވިނަރެސް 5 އިމާރާތް ކައިރީގައި ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭ 23:05 އެހައިކަންހާއިރު އެވެ. އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ ސައިކަލު ދުއްވަން ތިބި މީހުންނާއި ސައިކަލުތަކުގެ ފަހަތުގައި ތިބި މީހުންނަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފަހަކަށް އައިސް ފޭސް ދޭއްގެ ވިނަރެސް ސަރަހައްދުގައި އެކްސިޑެންޓްތައް ދަނީ އިތުރުވަމުންނެވެ.
ކޮމެންޓު ފޮނުވާ