އެންމެ ފަހުގެ "އެއާޕޮޑްސް 5″ އެޕަލް އިން ބާޒާރަށް ނެރެފި

އެންމެ ފަހުގެ "އެއާޕޮޑްސް 5″ އެޕަލް އިން ބާޒާރަށް ނެރެފި

Author
އަހުމަދު
10 ސެޕްޓެމްބަރ 2026 08:47
0

އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އެޕަލް ކުންފުނިން "އެއާޕޮޑްސް 5″ ބާޒާރަށް ނެރެފިއެވެ.

ކެލިފޯނިއާގައި ރޭ ބޭއްވި "ސަޕްރައިޒް އެންޑް ޝައިން" އިވެންޓުގައި ދައްކާލި މި އުފެއްދުމަކީ އޯޕަން-އިޔާ އެކްޓިވް ނޮއިސް ކެންސެލޭޝަނާއި ސިރީ އޭއައި ހިމެނޭ، މިހާތަނަށް އެ ކުންފުނިން ނެރުނު އެންމެ އަގުހެޔޮ އެއް އެއާޕޮޑްސްއެވެ.

މި މޮޑެލްގައި ހިމެނޭ އާ ނޮއިސް ކެންސެލޭޝަން ފީޗާގެ ސަބަބުން، ކުރީގެ އެއާޕޮޑްސް 4 އަށް ވުރެ 50 އިންސައްތަ އިތުރަށް ބޭރުގެ އަޑުތައް ކަނޑުވައިދޭނެ ކަމަށް އެޕަލް އިން ބުނެއެވެ. އަދި އަލަށް ހިމެނި މަލްޓިޕޯޓް އެކޫސްޓިކް އާކިޓެކްޗާ އާއި އެޑެޕްޓިވް އީކިއުއާއެކު، ވަށައިގެންވާ މާހައުލާ ގުޅޭގޮތަށް އަޑުތައް އަމިއްލައަށް ބަދަލުކޮށްދޭނެއެވެ. މީގެ އިތުރުން ސިރީ އޭއައި އާއި ލައިވް ޓްރާންސްލޭޝަން ފީޗާ ހިމަނާފައިވުމުން، ބޮލުގެ އިޝާރާތުން ސިރީއަށް ޖަވާބުދިނުމާއި، އެކި ބަސްބަހުން މުއާމަލާތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެއާޕޮޑްސް 5 ގެ އާދައިގެ މޮޑެލްގެ އަގަކީ 129 އެމެރިކާ ޑޮލަރެވެ. ނަމަވެސް 149 ޑޮލަރަށް ލިބޭ މޮޑެލްގައި ވައިލެސް ޗާޖިން ކޭސްއަކާއި، ގިނަ ވަގުތު ބެޓެރީ ހިފަހައްޓައިދޭ ފީޗާގެ އިތުރުން، ދަނޑިގަނޑުން އަޑު ކޮންޓްރޯލް ކުރެވޭ ފީޗާ ހިމެނެއެވެ. މިއަދުން ފެށިގެން ޕްރީއޯޑަރަށް ހުޅުވާލާފައިވާއިރު، މި މަހުގެ 18 ވަނަ ދުވަހު ފިހާރަތަކުން ލިބެން ހުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.