އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ކެއާ އައު ހޮޓްލައިން 1575 ތައާރަފުކޮށްފި

އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ކެއާ އައު ހޮޓްލައިން 1575 ތައާރަފުކޮށްފި

Author
ޢަލީ އާދަމް
21 އޮގަސްޓް 2026 12:57
0

އެމް.ޑަބްލިޔު.އެސް.ސީ (އެމްޑަބްލިޔުއެސްސީ) ގެ ކަސްޓަމާ ކެއާ ޚިދުމަތަށް ގުޅާނެ އައު ހޮޓްލައިން ނަންބަރެއްގެ ގޮތުގައި 1575 ކަނޑައަޅައި ޚިދުމަތްދޭން ފަށައިފިއެވެ.

މި ބަދަލާ އެކު ކުރިން ކަސްޓަމާ ކެއާގެ ޚިދުމަތަށް ވެސް ބޭނުންކުރަމުން އައި 105 ނަންބަރު ޚާއްޞަވާނީ ހަމައެކަނި އެމަޖެންސީ ހޮޓްލައިންގެ ގޮތުގައި ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

އެމަޖެންސީ ހޮޓްލައިން 105 ގެ ޚިދުމަތް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނޭއެވެ.

އައު ހޮޓްލައިން 1575 ގެ ޚިދުމަތް ދޭން ހަމަޖެހިފައި ވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ. މީގެ އިތުރުން އެ ކުންފުނިން ކަސްޓަމަރުންނަށް ގުޅާ ކޯލުތައް ލިބޭއިރު ފޯނުގެ ސްކްރީނުން ވެސް 1575 ނަންބަރު ފެންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދޭއެވެ.

ކަސްޓަމަރުންނާ ގާތުން ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ކުންފުނީގެ މެނޭޖްމަންޓުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ލަނޑުދަނޑި ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. މި ބަދަލު ރަސްމީކޮށް އަމަލުކުރަން ފަށާފައި ވަނީ މިއަދުން ފެށިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.