ދިރާގުން ފޯރުކޮށްދިން ހިދުމަތްތަކުގެ އަގަށް ދައްކަންޖެހޭ 18،199 ރުފިޔާ، ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ) ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު ކުރެއްވި ހުކުމުގައި ވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ފައިސާ ދިރާގަށް ދައްކައި ހަލާސްކުރުމަށް އަންގަވައިފަ އެވެ. މައްސަލައިގެ ލިޔެކިޔުންތައް ޑރ. ޑީޑީއާ ހަވާލުކުރި ނަމަވެސް، ދައުވާއަށް ޖަވާބުދާރީވެވަޑައިގެންފައި ނުވާތީ، މި މައްސަލަ ނިންމާފައި ވަނީ އޭނާގެ ގައިރު ހާޒިރުގަ އެވެ.
ޑރ. ޑީޑީއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި އަދި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން، އޭނާ މަސައްކަތް ކުރެއްވީ ދަތުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގަ އެވެ.
ކޮމެންޓު ފޮނުވާ