އެންމެ ގިނަ އެކްސިޑެންޓް ހިނގާ ހިތިގަސްމަގު ދިރާސާކުރަން ފުލުހުން ނުކުމެއްޖެ

އެންމެ ގިނަ އެކްސިޑެންޓް ހިނގާ ހިތިގަސްމަގު ދިރާސާކުރަން ފުލުހުން ނުކުމެއްޖެ

Author
އަހުމަދު
05 ސެޕްޓެމްބަރ 2026 09:54
0

ހުޅުމާލޭ ފޭސް ދޭއްގައި މިފަހަކަށް އައިސް އެންމެ ގިނަ އެކްސިޑެންޓްތައް ހިނގަމުން އަންނަ "ހިތިގަސްމަގު" ގައި ފުލުހުންގެ ޓީމަކުން މިއަދު ހެނދުނު ހަރަކާތްތެރިވާން ފަށައިފިއެވެ.

ވިނަރެސް ޓަވަރުތައް ހުންނަ އެ ސަރަހައްދުގައި ހުރި ވޮއިސްގެ ނޫސްވެރިޔާ ބުނިގޮތުގައި، ފުލުހުންނާއެކު ކުލަ ހެދުމުގައި ތިބި ބައެއް ވެސް އެ މަސައްކަތުގައި ބައިވެރިވަމުންދާއިރު، މަގުގެ އެންމެ ގިނައިން އެކްސިޑެންޓް ހިނގާ ފަޅި ވަނީ ބަންދުކޮށްފައެވެ. ފެންނަ ފެނުމަށް، މިއީ އެ މަގުގެ ސަލާމަތީ ހާލަތު ދެނެގަތުމަށް ފުލުހުން ހިންގާ އެނަލިސިސްގެ މަސައްކަތެއް ކަމަށް ބެލެވެއެވެ. ނަމަވެސް، މި މަސައްކަތާ ބެހޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ހިތިގަސްމަގުގައި ދާދި ފަހުން ހިނގި އެކްސިޑެންޓެއްގައި 9 އަހަރުގެ ކުއްޖެއްގެ ފުރާނަ ގެއްލިފައިވާ އިރު، ނުރައްކާތެރި އެކްސިޑެންޓެއް ނުހިނގާ އެންމެ ދުވަހެއް ވެސް މިހާރު ދާ ކަމަކަށް ނުވެއެވެ. އަދި މީގެ ތެރެއިން ބައެއް ހާދިސާތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބި، ނުކުޅެދޭ ހާލަތަށް ވެއްޓިފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.