ހުޅުމާލޭ ފޭސް 2ގެ ނިރޮޅުމަގުގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލޭ ފޭސް 2ގެ ނިރޮޅުމަގުގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް

Author
އަހުމަދު
02 ސެޕްޓެމްބަރ 2026 09:32
0

ހުޅުމާލޭ ފޭސް 2ގެ ނިރޮޅުމަގުގައި މިރޭ ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި، އެކްސިޑެންޓް ހިނގި ސަރަޙައްދުގައި ދެ ސައިކަލު ބިންމަތީ ވެއްޓިފައި އޮތްއިރު، ހާދިސާ ހިނގި ސަރަޙައްދަށް އެމްބިއުލާންސެއްވެސް ގޮސްފައިވެއެވެ. ނަމަވެސް އެކްސިޑެންޓުގައި މީހަކަށް ލިބުނު އަނިޔާއެއްގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ފުލުހުންވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ފޭސް 2ގެ އެންމެ ކާރޫބާރު ބޮޑު އެއް މަގުކަމަށްވާ ނިރޮޅުމަގަކީ ތަކުރާރުކޮށް އެކްސިޑެންޓުތައް ހިނގާ މަގެކެވެ. މީގެ ކުރިން އެ މަގުގެ އެކި ސަރަޙައްދުތަކުގައި ބަމްޕަރުތައް ހަރުކުރި ނަމަވެސް، ބައެއް ފަރާތްތަކުގެ ޝަކުވާއާ ގުޅިގެން ފަހުން ވަނީ އެ ބަމްޕަރުތައް ނަގާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ހަވީރު ދަރުބާރުގެ ބޭރު މަގުގައިވެސް އެކްސިޑެންޓެއް ހިނގައި، ބަޔަކަށް އަނިޔާވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.