ބައިނޭންސް ވޮލެޓް މެދުވެރިކޮށް ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތ. ވިލުފުށި، މޫނިމާގޭ، އާދަމް އަދްނާން ލަތީފު، 22، ގެ މައްޗަށް އުފުލި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
މިދިޔަ އޭޕްރީލް މަހު ހައްޔަރުކުރި އަދްނާންގެ މައްޗަށް ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ. ނަމަވެސް ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންގެ ބަރަހަނާ މަންޒަރު ފެންނަ އެއްޗެއް ވިއްކިކަން ނުވަތަ އެފަދަ ނެޓްވޯކަކާ އޭނާއާ ގުޅުން އޮތްކަން ސާބިތުކޮށްދެވޭނެ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ. އަދި ފެނުނު ތަކެއްޗަކީ ކުޑަކުދިންގެ އޮރިޔާން ކާޑުކަން ސާބިތުކުރެވޭނެ ހެއްކެއް ވެސް ނެތް ކަމަށް ބުންޏެވެ.
އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ކުރިއަށް ގެންދެވުނު ނަމަވެސް، އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށްވެފައި، އޭނާ ބަންދުގައި މިހާރު ވެސް 28 ދުވަސް ހޭދަކޮށްފައިވާތީ، ކުށް ސާބިތުވިޔަސް އިތުރަށް ތަންފީޒުކުރަންޖެހޭ އަދަބެއް ނޯންނާނެ ކަމަށާއި، އެހެންވެ ދައުވާ ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ