ޔޫއާރުއޭގެ ބޯޑަށް ހަތް މެންބަރުން، އިސްލާހު ތަސްދީގުކުރައްވައިފި

ޔޫއާރުއޭގެ ބޯޑަށް ހަތް މެންބަރުން، އިސްލާހު ތަސްދީގުކުރައްވައިފި

Author
އަހުމަދު
23 އޮގަސްޓް 2026 04:29
0

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާ މެންބަރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރުކުރުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މި އިސްލާހު ގެނައުމުގެ މައިގަނޑު މަގުސަދަކީ އެ އޮތޯރިޓީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމެވެ. ބޯޑަށް އަލަށް އިތުރުކުރެވޭ ދެ މެންބަރުންގެ ތެރޭގައި، ރައީސް އައްޔަންކުރައްވާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއާއި ގާނޫނީ ދާއިރާގެ މެންބަރެއް ހިމެނެ އެވެ.

މީގެ އިތުރުން، ބޯޑުގެ މެންބަރުން އައްޔަންކުރުމުގެ އުސޫލާއި، އެ ބޭފުޅުންގެ ޝަރުތުތަކާއި، މަގާމުގައި ދެމިތިއްބެވޭ މުއްދަތަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ. އަދި ބޯޑުގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔުމުގެ އުސޫލުތައް ވެސް އާ އިސްލާހުގައި ތަފްސީލުކޮށްފައިވެ އެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުގައި، އަލަށް އައްޔަންކުރަން ޖެހޭ މެންބަރުން، މި އިސްލާހަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އައްޔަންކުރަން ޖެހޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.