އަމާން ޓަވަރުތަކުގެ ވަށައިގެންވާ ސަރަހައްދު ހިތްފަސޭހަ މާހައުލަކަށް ބަދަލުކުރަނީ

އަމާން ޓަވަރުތަކުގެ ވަށައިގެންވާ ސަރަހައްދު ހިތްފަސޭހަ މާހައުލަކަށް ބަދަލުކުރަނީ

Author
އަހުމަދު
20 އޮގަސްޓް 2026 07:42
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން ޓަވަރުތަކުގެ ވަށައިގެންވާ ސަރަހައްދުތައް ދިރިއުޅެން ފަސޭހަ، ހިތްގައިމު މާހައުލަކަށް ބަދަލުކުރުމަކީ މިވަގުތު އެންމެ އިސްކަންދޭ މަސައްކަތް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ބޭއްވި ކޮމިއުނިޓީ އިވެންޓެއްގައި ވާހަކަދައްކަވަމުން ޙަމްދާން ވިދާޅުވީ، އެންމެ ބާރުބޮޑު އެއް ސަރަހައްދު ކަމަށްވާ "އަމާން އުދަރެސް" 14 ވަނަ ޓަވަރުގެ ޕާކިންގ ޒޯން ތަރައްގީކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި ލޭންޑްސްކޭޕިންގގެ ފުރަތަމަ ފިޔަވަހީގެ ދަށުން 32 ޓަވަރެއްގެ ރެސިޑެންޝަލް އެންޓްރެންސްތައް ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

މި ހުރިހާ މަސައްކަތްތަކަކީ ބޭރުގެ އެއްވެސް ކޮންޓްރެކްޓަރަކާ ނުލައި، އެފްޑީސީގެ އަމިއްލަ މުވައްޒަފުން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ ސަލާމަތާއި އަމާންކަން ކަށަވަރުކުރުމުގެ ގޮތުން، ހައުސިންގ މަޝްރޫޢުގެ އަސްލު ސްކޯޕްގައި ނުހިމެނުނު ނަމަވެސް، ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް އެފްޑީސީން ވަނީ އިސްނަގައިގެން ފަށާފައެވެ. "އަމާން އުދަރެސް" ޓަވަރުތަކުގެ ސީސީޓީވީ ނިޒާމު މިހާރު ފުރިހަމައަށް ބޭނުންކުރަން ފަށާފައިވާއިރު، "އަމާން ހިޔާ" ޓަވަރުތަކުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާ ކަމަށް ޙަމްދާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.