ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން ޓަވަރުތަކުގައި ދިރިއުޅޭ މީހުންނާ އެކު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހަވީރު ކޮމިއުނިޓީ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
"އަމާން މުޖުތަމައުއަކަށް އެންމެންގެ ހިއްސާ" ގެ ނަމުގައި ބާއްވާ މި ބައްދަލުވުން ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށް، އަމާން އުދަރެސް 14 ގެ ޕާކިން އޭރިއާގަ އެވެ. މި ބައްދަލުވުމުގައި ޓަވަރުތަކުގައި ދިރިއުޅޭ އެންމެން ބައިވެރިވުމަށް އެފްޑީސީން ވަނީ ދައުވަތު ދީފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށި ފަހުން، އެފްޑީސީން މިފަދަ ބައްދަލުވުމެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ